ޚަބަރު

ކުރިއަށްއޮތް 24 ގަޑިއިރު މެދުރާއްޖެތެރެއަށް ވިއްސާރަކުރާނެ


ކުރިއަށްއޮތް ސައުވިސް ގަޑިއިރު ރާއްޖެއަށް ވިއްސާރަކުރާނީ މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ކަމަށާއި، ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރުކޮށްފާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެއިދާރާއިން ވިދާޅުވީ، ހުޅަނގުދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާއި ދެމެދުގެބާރުމިނުގައި އަދި އެހެންހިސާބުތަކަށް ގަޑިއަކު 13 މޭލާ 20 މޭލާ ދެމެދުގެބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

ވޭތުވެދިޔަ ހަފްތާއެއްހާ ދުވަހު ކަނޑުދަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުވުމަށް އެއިދާރާއިން އިލްތިމާސް ކުރެއްވި ނަމަވެސް ކުރިއަށް އޮތް ސައުވިސް ގަޑިއިރު ރާއްޖޭގެ ކަނޑުތަށް ގަދަވާނީ އާދައިގެ ވަރަކަށް ކަމަށާއި، ވިލާގަނޑުގައި ގަދަވާނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ.