 
										
			މާލެއިން ފުރައިގެން ދަތުރުކުރަމުންދިޔަ ލޯންޗެއްގައި އަލިފާން ރޯވެ ލޯންޗުގައިތިބި 3 މީހުން ފިހިއްޖެއެވެ.
 
 tw:https://twitter.com/PSMnewsmv/status/734326088768225280 
 
މީގެ ތެރެއިން 2 މީހުންނަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށާއި އެމީހުންގެ ޙާލު އެހާ ސީރިއަސް ނޫންކަމަށް އައިޖީއެމްއެޗުން މަޢުލޫމާތުދެއެވެ. އަލިފާން ރޯވި ލޯންޗަކީ މާފުށީ ގެސްޓްހައުސްއެއްގައި ބޭނުންކުރާ ލޯންޗެއްކަމަށާއި އަލިފާނުގެ ޙާދިސާ ހިނގިވަގުތު އޭގައި ތިބީ 2 ފަޅުވެރިންނާއި ޓުއަރގައިޑެއް ކަމަށް ފުލުހުން މަޢްލޫމާތުދެއެވެ. މި 3 މީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
 
މި ހާދިސާގައި އަލިފާން ރޯވި ލޯންޗް އެއްކޮށްވަނީ އަނދާ ހުލިވެފައެވެ. އަލިފާން ރޯވެފައިވާ ލޯންޗް އޮތީ މާލެއާއި ފުނަދޫއާއި ދޭތެރޭގައެވެ.