ދިވެހިދައުލަތަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ވަރަށް އަގުހުރި ޚިދުމަތްތަކެއްކުރައްވާފައިވާނިޝާން އިއްޒުއްދީނުގެ ޢިއްޒަތްގެ ވެރިޔާ މުޙަންމަދު ޒާހިރު ނަޞީރު، ދެމިއޮތުމުގެޢާލަމަށް ދަތުރުކުރައްވައިފިއެވެ.
މުޙަންމަދުޒާހިރު ނަޞީރުދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު، ރޭ ފަތިހުގެ ވަގުތެއްގައި މާފަންނު މެރީގޯލްޑްގައެވެ.އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.
މުޙަންމަދު ޒާހިރު ނަޞީރަކީ50 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. ވޭތުވެދިޔަ ދިގު މުއްދަތުގައި،ސަރުކާރުގެ ތަފާތު ފެންވަރުގެ އެކި މަޤާމުތައް އެމަނިކުފާނުވަނީ ފުރުއްވާފައެވެ. ފުރަތަމަ އަދާކުރެއްވީ، ވުޒާރަތުއް ދާޚިލިއްޔާގެ ޚާރިޖީ ވަކީލުގެ ސެކްރެޓަރީކަމެވެ.އޭގެފަހުން މަޙްކަމަތުލްޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، ވުޒާރަތުއް ޞިއްޙާގެ ސެކްރެޓަރީ ކަމާއި، ވުޒާރަތުލް މާލިއްޔާގެ ސެކްރެޓަރީކަން ކުރައްވާފައިވެއެވެ. އަދި މީޓިއޮރޮލޮޖިކަލްއޮބްޒަރވަރ ކަމާއި، މިނިސްޓްރީ އޮފް ހެލްތުގެ ޚާއްޞަވަކީލުކަންވެސް ކުރައްވާފައިވެއެވެ. މީގެއިތުރުން، ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގގެއިނގިރޭސި އެނައުންސަރު ކަމާއި،ވިޔަފާރި މިއަދުގެ ރިޕޯޓަރުކަންވެސް ކުރައްވާފައިވެއެވެ.
img:http://s4.psmnews.mv/images/660x400/14641565852783.jpg|މުޙައްމަދު ޒާހިރު ނަޞީރު(މ)- ޒާހިރު ނަޞީރަކީ ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް-
މުޙަންމަދު ޒާހިރުނަޞީރުގެ އެންމެ ޚާއްޞަ ދާއިރާއަކީ، ކުޅިވަރުގެ ދާއިރާއެވެ. ވޭތުވެދިޔަ ފަސްދޮޅަހަކަށް އަހަރު ދުވަހުގެތެރޭގައި، އެ ދާއިރާގައިޢަމަލީގޮތުން ވަރަށް މުހިންމު ދައުރެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ. ރާއްޖޭގައި އެންމެފުރަތަމަ އުފެދުނު ކުޅިވަރުގެ މުމްތަޒިމްގެ ސެކްރެޓަރީއެއްގެ ގޮތުން މަސައްކަތްޕުޅު ފެށްޓެވީ، 1952ވަނަ އަހަރުގައެވެ. ރާއްޖޭގެ ކުޅިވަރު ތަރައްޤީކުރެއްވުމުގެ މަސައްކަތުގައި،މަދްރަސަތުއް ޞަލާޙިއްޔާގައި،މަދްރަސަތުލް މަޖީދިއްޔާގައި، ކުޅިވަރު މުރްޝިދެއްގެ ގޮތުގައި އަދި އެކި ކްލަބްތަކުގެ ކުޅިވަރުސެކްރެޓަރީއެއްގެ ގޮތުގައި ވަނީޚިދްމަތްކުރައްވާފައެވެ.
މުޙަންމަދު ޒާހިރުނަޞީރު، ކުޅިވަރުގެ ދާއިރާއިން ސަރުކާރުގައި ފުރުއްވި މުހިންމު މަޤާމުތަކުގެ ތެރޭގައި، ސްޕޯޓްސް ޑިވިޜަންގެވަކީލު ކަމާއި، އެޑްވައިޒަރ އޮން ޔޫތުވެލްފެއަރ އެންޑް ރެކްރިއޭޝަން ކަމުގެ މަޤާމާއި، ކޮންސަލްޓަންޓް އޮން ޔޫތު ވެލްފެއަރ އެންޑް ރެކްރިއޭޝަންކަމުގެ މަޤާމު ހިމެނެއެވެ. މުޙަންމަދު ޒާހިރުނަޞީރު، ކުޅިވަރުގެ ކަންތައްތައް ކުރިއަށް ގެންދެވުމުގައި މަސައްކަތްޕުޅު ކުރެއްވީ، ސަރުކާރުން ހަމައެކަނި އޭނާއާ ޙަވާލުކުރެއްވި މަޤާމުތައް އަދާކުރެއްވުމުގެގޮތަކުންނެއް ނޫނެވެ. މުޅިން އަމިއްލަފުޅަށްވެސްއެތައް ޚިދްމަތްތަކެއް ކޮށްދެއްވިއެވެ. އަމިއްލަފުޅަށް ޚަރަދު ކުރައްވައިގެން، އެކި ކުޅިވަރުތަކަށް މޮޅުކުޅުންތެރިން އުފައްދަވައި،ކުޅިވަރުގެ މައިދާނަށް ކުޅުންތެރިން ނެރުއްވައިދެއްވުމުގައި ޒާހިރު ނަޞީރު އަދާކުރައްވާފައިވަނީ ފާހަގަކުރެވޭފަދަޚިދްމަތްތަކެކެވެ.
img:http://s1.psmnews.mv/images/660x400/14641570407372.jpg|މުޙައްމަދު ޒާހިރު ނަޞީރު(މ)- ޒާހިރު ނަޞީރަކީ ކުޅިވަރުގެ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް- ފޮޓޯ: އޮލިމްޕިކް ކޮމިޓީ
މުޙަންމަދު ޒާހިރު ނަޞީރުގެކުޅިވަރު ޚިދްމަތްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ޚިދްމަތަކީ، އެން.އެސް.އޭ.ގެ ޚިދްމަތެވެ. ނާޞިރު ސްޕޯޓްސް އެކަޑަމީގެ ނަމުގައި ފެށްޓެވި މި އެކަޑަމީގެ ނަންފަހުން ބަދަލުވީ ނިއު ސްޕޯޓްސް އެކަޑަމީއަށެވެ. މުޙަންމަދު ޒާހިރުނަޞީރަކީ، ކުޅިވަރުގެ ރޮނގުން ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ ދުނިޔެއަށް ތަޢާރުފުކޮށްދެއްވުމުގައިވެސް މުހިންމު ދައުރެއްއަދާކޮށްދެއްވި ބޭފުޅެކެވެ. ދިވެހިރާއްޖެ، ބައިނަލްއަޤްވާމީ އޮލިމްޕިކް ކުޅިވަރުތަކުގައި ބައިވެރިވާން ފަށާފައިވަނީ،އެމަނިކުފާނުގެ މާލިމީ ކަމުގެ ދަށުގައެވެ. ޒާހިރު ނަޞީރަކީ ކުޅިވަރުކުޅޭކުދިންގެ އަޚްލާޤު ހިފެހެއްޓެވުމަށް މިންނެތް މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެކެވެ. ޒާހިރު ދެކެވަޑައިގަންނަވާ ގޮތުގައި، ކުޅިވަރުކުޅުންތެރިއެއްގެ އެންމެ މުހިންމުސިފައަކީ،ރިވެތި އަޚްލާޤެވެ. ހަމައެހެންމެ، ޒާހިރު ނަޞީރަކީ، ރާއްޖޭގެ ކުޅިވަރުގައި މިއަދުވެސް އިސް ސަފުގައި ތިއްބެވިބޭފުޅުންގެ ވަރަށް ގާތް އެކުވެރިރަޙްމަތްތެރިއެކެވެ. ލަފާދެއްވި ބޭފުޅެކެވެ. އަދި މިހާރުވެސް ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވަމުންދާކުޅުންތެރިންގެވެސް ލޯތްބާއި އިޙްތިރާމް ލިބިވަޑައިގެން ހުންނެވި ހަރުދަނާ ޝަޚްޞިއްޔަތެކެވެ.
ޒާހިރު ނަޞީރުވަނީމޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، މޯލްޑިވްސް ކެރަމް އެސޯސިއޭޝަންގެ އޮނަރަރީ ޕްރެޒިޑެންޓްކަން ކުރައްވާފައެވެ.ގާތްގަނޑަކަށް 30 އަހަރު ދުވަސްވަންދެން ނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ޕްރެޒިޑެންޓްކަން ކުރެއްވިއެވެ. މީގެއިތުރުން ބައިނަލްއަޤްވާމީ ކެރަމް ފެޑެރޭޝަންގެ ޚަޒާންދާރުގެ ހައިސިއްޔަތުންނާއި،މުޅި އޭޝިޔާގެ ކެރަމް ކޮންފެޑެރޭޝަންގެރައީސްކަމުގެ ހައިސިއްޔަތުން ރާއްޖެ ތަމްސީލު ކުރައްވާފައިވެއެވެ. އަދި އޮލިމްޕިކް ކައުންސިލް އޮފްއޭޝިޔާގެ ފައިނޭންސް ކޮމިޓީގެ މެންބަރުކަންވެސްކުރައްވާފައިވެއެވެ. ރާއްޖޭގައި ކުޅިވަރު ތަރައްޤީކުރެއްވުމުގެ ރޮނގުން ކުރައްވަމުންގެންދަވާޚިދްމަތްތައް ފާހަގަކުރައްވައި، މުޙަންމަދު ޒާހިރު ނަޞީރަށް، 1979 ވަނަ އަހަރު ސަރުކާރުން ވަނީ ޢާންމު ޚިދްމަތުގެހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދިއެރޮނގުން 1992 ވަނަ އަހަރު ޢާންމު ޚިދްމަތުގެ ޝަރަފުވެރިކަމުގެ އިނާމުވެސް ވަނީ ލިބިވަޑައިގެންފައެވެ.
މުޙައްމަދުޒާހިރު ނަޞީރުގެ ޚިދުމަތް ދިވެހި ޤައުމަށް ލިބުނު ދާއިރާތަކުގެ ތެރޭގައި ޞިއްޙީދާއިރާވެސް ހިމެނޭ. ޞިއްޙީ ގޮތުން ފަންނީ ތަޢުލީމް ޙާޟިލްކުރެއްވުމަށްފަހު،އެދާއިރާއިން މުހިންމު މަސައްކަޕުޅުތަކެއް ކުރެއްވި. ޚާއްޞަކޮށް، ދވެހިރާޖޭގައިކޮލެރާ ފެތުރިގެން ދިޔަ ދުވަސްވަރު، އެކަން ކޮންޓްރޯލްކުމަށް ކުރެވުނު ޤައުމީމަސައްކަތުގައި ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައި. ޒާހިރު ނަޞީރުފާހަގަކުރެވިފައިވަނީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްއާ ގުޅިވަޑައިގެންމުހިންމު މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި. ޚާއްޞަކޮށް ކުޅިވަރުކުރިއެރުވުމަށް މީޑިއާ މެދުވެރިކޮށްގެން ކުރެވެން ހުރި ކަންކަމަށްއިސްކަންދެއްވާފައިވޭ.
ދިވެހި ސިވިލްސަރވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުގެ ވަޒީފާއިން ވަކިވެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން 50 އަހަރަށްވުރެދިގު މުއްދަތެއްގައި ސަރުކާރަށްޚިދްމަތް ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވި ޝަރަފުގެ ހަނދާނީ ފިލާވެސް މުޙަންމަދު ޒާހިރު ނަޞީރަށް ވަނީ ލިބިވަޑައިގެންފައެވެ. މުޙަންމަދު ޒާހިރު ނަޞީރަށްނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެލަޤަބް އަރުވާފައިވަނީ 26 ޖުލައި 2011 ގައެވެ. މުޙަންމަދު ޒާހިރުނަޞީރު އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެއޮފީހުން ހާމަކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފޯނުން ގުޅުއްވައި، ވަނީ ވަރަށްއިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައެވެ. އަދިމި ޚަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، މުޙަންމަދު ޒާހިރު ނަޞީރަކީ، ދިވެހިސަރުކާރަށާއި ރައްޔިތުންނަށް ވަރަށްއިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖޭގެ ކުޅިވަރަށް ވަރަށްދިގު މުއްދަތެއްގައި ވަރަށްގިނަގުނަ ޚިދުމަތްތަކެއްކުރައްވައި، މި ދާއިރާގެ ތަރައްޤީއަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަންރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
މުޙަންމަދު ޒާހިރުނަޞީރު އަވަހާރަވުމުގެ ހިތާމައިގައި މާދަމާ ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީހަމަޖައްސަވާފައެވެ.