ޚަބަރު

ޔޫއެންއޯޑީސީން ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފި


  • މެރިޓައިމް ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)ގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމުން އެމްއެންޑީއެފް ކޯސްޓްގާޑަށް މެރިޓައިމް ސެކިއުރިޓީ އިކުއިޕްމަންޓް ހަދިޔާކޮށްފިއެވެ.

މިއީ ޔޫރަޕިއަން ޔޫނިއަން ސަރވިސް ފޮރ ފޮރިން ޕޮލިސީ އިންސްޓްރޫމަންޓްސްއިން ފަންޑުކޮށްދީފައިވާ އިކުއިޕްމަންޓްތަކެކެވެ.

މިތަކެތި ހަވާލުކުރުމަށް ވިލިމާލޭގައި ހުންނަ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީގެ ފަރާތުން އިކުއިޕްމަންޓް ހަވާލުކޮށްދެއްވީ އެ އޮފީހުގެ ހެޑް އޮފް އޮފީސް އޮފް މޯލްޑިވްސް، އެންރީކޯ ބޮނަސެންޏާއެވެ.


އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަރާތުން މި އިކުއިޕްމަންޓާ ހަވާލުވެވަޑައިގެންނެވީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

ޔޫއެންއޯޑީސީން ހަދިޔާކުރި މި އިކުއިޕްމަންޓާއެކު، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދުގައި ހިނގާ މެރިޓައިމް ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.