ޚަބަރު

ހުވަފެންފުށި ކައިރިން ހިއްކާފައިއޮތް ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަނީ


  • ގެއްލިގެން ހޯދަމުންދަނީ 43 އަހަރުގެ ދިވެހި ފިރިހެނެއް

  • އޭނާ އެންމެފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10-11 އާ ދެމެދު

ކ. ހުވަފެންފުށި ދެކުނުން ހިއްކާފައި އޮންނަ، ފަސްގަނޑަށް ދަތުރުދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ މ. އަސަރީހަނދާން އުމުރުން 43 އަހަރުގެ ތަސްލީމް މުޙައްމަދެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ތަސްލީމް ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެކަމަށެވެ.

އޭނާ އެންމެފަހުން ފެނިފައިވަނީ އިއްޔެ ހެނދުނު 10 އަކާއި 11 އާ ދެމެދުކަމަށް އޭނާއާއެކު ދަތުރުދިޔަ މީހުންނާއި ޙަވާލާދީ ފުލުހުން ވިދާޅުވެއެވެ.

ތަސްލީމް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އޭނާއާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެކަން ލަސްނުކުރައްވާ ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ބުރާސްފަތި އަދި ހުކުރު ދުވަހު އެ ފަސްގަނޑަށް އެއްވެސް ބަޔަކު ދަތުރުގޮސްފައިވާނަމަ އެކަން ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު (9794639) އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.