ޚަބަރު

އެމްޓީސީސީގެ 2 ބަސް ޖެހި އެކްސިޑެންޓެއް


  • އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައެއް ނުވޭ

އެމްޓީސީސީގެ 2 ބަސް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓް ހިނގީ ހުޅުމާލެ ފޭސް 2 ގައި ކަމަށެވެ. އަދި އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހަވީރު ކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ފުލުހުން ވިދާޅުވީ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައިވާ ނުވާކަމަށެވެ. ނަމަވެސް ދެ ބަހަށް ވެސް ކުދި ކުދި ގެއްލުންތަކެއް ލިބުނުކަމަށެވެ.

ގިނަ އެކްސިޑެންޓްތަކެއް މާލެ ސަރަހައްދުގައި ހިނގަމުން އަންނައިރު ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 1907 އެކްސިޑެންޓެއްގެ މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.