ޚަބަރު

ކުރީގެ މެންބަރު ޢަބްދުލްޢަޒީޒްގެ ހަނދާނުގައި މަޖިލީހުގައި ސުކޫތެއް


  • ޢަބްދުލްޢަޒީޒް ވަނީ ރައްޔިތުންގެ މަޖިލީހުގެ ޏ.އަތޮޅުގެ މެންބަރުކަން ކުރައްވާފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޢަބްދުލްޢަޒީޒް ޢަބްދުﷲ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި މަޖިލީހުގައި ސްކޫތެއް ގެނެސްފިއެވެ.

ދައުރުން ބޭރުން މިރޭ ބެއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޢަބްދުލްޢަޒީޒުގެ ހަނދާނުގައި ސުކޫތެއް ގެނެސްފައިވާއިރު އޭނާ ވަނީ ރައްޔިތުންގެ މަޖިލީހުގެ ޏ. އަތޮޅުގެ މެންބަރުކަން 24 ފެބްރުއަރީ 1985ން 23 ފެބްރުއަރީ 1990ގެ ނިޔަލަށް ކުރައްވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ މަޖިލީހުގެ ޏ. އަތޮޅު މެންބަރަކަށްވެސް އޭނާ ހުންނެވިއެވެ.

ޢަބްދުލްޢަޒީޒު އަބްދުﷲ ވަނީ ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ. ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ..

ޢަބްދުލްޢަޒީޒް ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 25 ޖުލައި 1959 ގައެވެ. އޭނާވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީއެއްގެ މަގާމާއި ޏ. އަތޮޅު އަތޮޅުވެރިކަން ވަނީ ކުރައްވާފައެވެ.

ޢަބްދުލްޢަޒީޒް ޢަބްދުﷲ، 1 މޭ 2008 ގައި ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ވަނީ ޚިދުމަތް ކުރައްވާފައެވެ. ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމަންޓުގެ އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރކަމުގެ މަގާމުގައެވެ.