ޚަބަރު

މީހެއްގެ ޖީބުން ވެއްޓުނު 17،000 ރުފިޔާ ފުލުހުން ހޯދައިފި


  • މިމައްސަލަ ރިޕޯޓުކޮށްފައިވަނީ މިމަހުގެ 9 ވަނަ ދުވަހު

  • މިމައްސަލައިގައި ފުލުހުން ފައިސާ ހޯދާފައިވަނީ ސީސީޓިވީ ފޫޓޭޖް ބަލައިގެން

މީހެއްގެ ޖީބުން މާލޭ މަގުމައްޗަށް ވެއްޓުނު 17،000 ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ވިދާޅުވީ މިމަހުގެ 9 ވަނަ ދުވަހު މީހެއްގެ ޖީބުން މަގުމައްޗަށް 17،000 ރުފިޔާ ވެއްޓި ގެއްލިފައިވާކަމުގެ ރިޕޯޓް ފުލުހުންނަށް ހުށައަޅާފައިވާކަމަށެވެ. މިމައްސަލައިގައި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ސީސީޓީވީ ފޫޓޭޖް ބަލައި، މަގުމަތިން ފައިސާ ނެގި މީހާ ދެނެގަނެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ ގަލޮޅު ޕޮލިހުން ކުރިމަސައްކަތުން މިފައިސާތައް ހޯދިފައިވަނީ މިރޭގެ ވަގުތެއްގައިކަމަށެވެ.

މިމައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވިދާޅުވެއެވެ. އެހެންނަމަވެސް މިމައްސަލަ ތަޙުގީގުކުރަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.