ޚަބަރު

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި


  • އޭނާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ވަނީ ޖަހާފައި

ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ނެގިކަމަށް ތުހުމަތު ކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ ޖަހަންގިރު އާލަމްއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިމަހުގެ 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބުރުޒުމަގުގައި ހުންނަ ހަބީބް ކެފޭ ކައިރީގައި ހުރި ސައިކަލެއްގެ މަޑިދަށުން 4 ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގާފައިވާ މައްސަލައިގައި ތުހުމަތު ކުރެވޭ ބިދޭސީ މީހާ ހައްޔަރުކޮށްފައިވާކަމަށެވެ.

މައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންނެވެ.