ވިޔަފާރި

ފްރެޝް މާކެޓް މިއަދު ހުޅުވަނީ


ރޯދަ މަހަށް ޚާއްސަކޮށްގެން ހުޅުވާ ފްރެޝް މާކެޓް މިއަދުން ފެށިގެން ހަ ރޯދަ ނިމެންދެން ހުންނާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކޮންމެ ދުވަހެއްގެ މެންދުރު 02:00 އިން ރޭގަނޑު 01:00އަށް ހުޅުވާފައި ހުންނަ މި މާކެޓް ބާއްވަނީ އަލިމަސްކާނިވަލުގެ ދެކުނުން އޮންނަ ޕާކިންޒޯނު ސަރަޙައްދުގައެވެ.

އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތަޢުފީޤް ވިދާޅުވީ ފްރެޝްމާކެޓުގައި ކާބޯތަކެތީގެ ރޯބާވަތްތަކުގެ އިތުރުން ހެދިކާފަދަ ތައްޔާރީ ކާނާގެ ބާވަތްތައްވެސް ލިބެންހުންނާނެ ކަމަށެވެ.

މި ތަނުގައި 30 ސްޓޯލާއި 2 ރެސްޓޯރެންޓްގެ އިތުރުން 5 ހަޓު ހުންނާނެކަމަށް ތަޢުފީޤް ވިދާޅުވިއެވެ. ސަރުކާރުގެ އަމާޒަކީ ރޯދަމަހު މައިގަނޑު ގޮތެއްގައި ބޭނުންކުރާ ބާވަތްތައް ފަސޭހަ ކަމާއި އެކު އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން ކަމަށް ތައުފީގް ވިދާޅުވިއެވެ.

ފްރެޝްމާކެޓްގެ އިތުރުން ފާއިތުވި އަހަރުތަކުގައި ވެސް އިކޮނޮމިކް މިނިސްޓްރީން ކުރިއަށް ގެންދެވި "ބާޒާރުގެ އެންމެ އަގުހެޔޮ ފިހާރަ" ޕްރޮގްރާމް މިއަހަރުވެސް ކުރިއަށް ގެންދެވުމަށް މިނިސްޓްރީން ވަނީ ނިންމަވާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ ކުރީ އަހަރުތަކާއި ޚިލާފަށް މިއަހަރު ރޯދަމަހު ތަކެތީގެ އަގު މައްޗަށްގެންދާ ވިޔަފާރިތަށް އެމިނިސްޓްރީން މޮނިޓަރ ކުރައްވާނެކަމަށެވެ.