ޚަބަރު

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވަވައިފި


  • މުދައްރިސުންނަކީ އެތައް ބައެއްގެ ހަޔާތް އަލިކޮށްދޭ ދަންމަރެއްގެ ގޮތުގައި ސިފަކުރެއްވި

މުދައްރިސުންގެ ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވަވައިފިއެވެ.

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ މުދައްރިސުންނަކީ އެތައް ބައެއްގެ ހަޔާތް އަލިކޮށްދޭ ދަންމަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މުދައްރިސުންނަކީ އުށްބަތިތަކެއް ފަދަ ބައެއްކަމަށާއި އެހެން މީހުންނަށް އަލިކުރުމަށްޓަކައި އެތައް ހާސް ބައްތިއެއް ދިއްލާލަދެއްވާ ބައެއްކަމަށެވެ. އަދި އެކަން ކޮށްދެނީ ކޮންމެ މީހަކު އެ އަލިކަމުގެތެރޭން އަމިއްލައަށް ކުރިއަށް ދިޔުމަށްޓަކައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމަށް މިއަހަރު ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިއާރަކީ "ވެލުއިން ޓީޗާރސް ވޮއިސެސް: ޓުވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޯ އެޑިއުކޭޝަން"އެވެ. މި ޝިޔާރު ކަނޑައަޅަފައިވަނީ ތަޢުލީމީ ސިޔާސަތުތައް ކަނޑައެޅުމުގައި މުދައްރިސުން ބައިވެރިކޮށް މުދައްރިސުންގެ އަޑު އެހުމަށް ބާރުއެޅުމުގެ ގޮތުންނެވެ.