ޚަބަރު

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް


  • ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ، ކަނޑުގަދަވާނެ

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށާއި އެންމެ ބޮޑަށް ވިއްސާރަ ކުރާނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވައިގަދަވެ، ކަނޑުގަދަވާނެތީ ހުރިހާ އެންމެންވެސް މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.



މާލެ ސަރަހައްދަށް މިރޭ ވެސް ބޯކޮށް ވާރޭވެހިފައިވާއިރު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭގެ 2 ޖެހުމާއި ހަމައަށް ވައިޓް އެލާޓް ނެރެފައެވެ.


ރާއްޖެއަށް އެކި ދުވަސްތައް މަތިން މޫސުން ގޯސްވަމުން އަންނައިރު އަދިވެސް ކުރަމުންއެދަނީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ.