ޚަބަރު

ރުބްލޭވް އާއި ވެވްރިންކާ ކުއާޓާ ފައިނަލަށް


ސްވިޑަންގައި މިހާރު ކުރިއަށްދާ ސްޓޮކްހޯމް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް އެންޑްރޭ ރުބްލޭވް އާއި ސްޓެން ވެވްރިންކާ ހޯދައިފިއެވެ.

މި މުބާރާތުގައި އެއްވަނަ އަށް ސީޑުކޮށްފައިވާ ރުބްލޭވް ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ފްރާންސްގެ އެލެކްޒެންޑަރ މުލަރ އާއި ދެކޮޅަށް ކުޅުނު މެޗުން ހައެއް ހަތަރެއް އަދި ހައެއް އެކެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ރުބްލޭވް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ދުނިޔޭގެ ހަތްވަނަ ކުޅުންތެރިޔާގެ ގޮތުގައި މި ވަގުތު ހުރި ރަޝިޔާގެ ސްޓެން ވެވްރިންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދާފައިވަނީ ސްޕެއިންގެ އަލެހަންދްރޯ ޑެވިޑޮވިޗް ފޮކީނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު ހައެއް ހަތަރެއް, ތިނެއް ހައެއް އަދި ހަތެއް ފަހެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

އުމުރުން 39 އަހަރުގެ ވެވްރިންކާ މި މުބާރާތުގެ ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދުމާއެކު އޭނާ ވެފައިވަނީ މުބާރާތުގެ ތާރީޚުގައި ކުއާޓަރ ފައިނަލުގެ ޖާގައެއް ހޯދި އެންމެ ދުވަސްވީ ކުޅުންތެރިޔާއަށް ވެފައެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައިވާ އެހެން ކުޅުންތެރިންގެ ތެރޭގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް އާއި ސަރބިޔާގެ މިއޮމިރް ކެޗްމަނޮވިޗް ހިމެނެ އެވެ.

ޑިމިޓްރޯވް ވަނީ ފްރާންސްގެ ހޭލީސް އާއި ދެކޮޅަށް ކުޅުނު މެޗު ސީދާ ދެ ސެޓުން ކާމިޔާބުކޮށްފަ އެވެ. އަދި މިއޮމިރް ވަނީ ފަސްވަނަ އަށް ސީޑު ކޮށްފައިވާ ޗިލީގެ ނިކޮލަސް ޖެރީ ހައެއް ހަތަރެއް, ހަތަރެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ.