ޤައުމުގެ ރައްޔިތުން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ފުރަތަމަ މެޗުންވެސް ހޯދުމަށް ކެތް މަދުވެފައިވާކަމަށް ވޭލްސްގެ ކޯޗް ކްރިސް ކޯލްމަން ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގެ ފުރަތަމަ މެޗްގައި ސްލޮވާކިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ވޭލްސްގެ ކޯޗް ކޯލްމަން ބުނީ، ވޭލްސް މިހާހިސާބަށް އަތުވެދާނެ ކަމަށް ދުވަހަކުވެސް އުއްމީދު ނުކުރާ ކަމަށާއި ނަމަވެސް ޤައުމުގެ ރައްޔިތުންނަށް ހިނިތުންވުމެއް ގެނެސްދޭން މިހާރު ކެތްމަދުވެފައިވާކަމަށެވެ. އަދި އެތައް ޒަމާނަކަށްފަހު ޔޫރަޕްގެ ބޮޑު މުބާރާތެއްގައި ވޭލްސްގެ ޤައުމީ ޖާޒީގައި މިރޭ ސްލޮވާކިއާއާއި ދެކޮޅަށް ނިކުންނާނީ ވަރުގަދަ ޢަޒުމަކާއެކުގައި ކަމަށެވެ. އަދި އެކަމަށްޓަކައި އެދިއެދިތިބި ވޭލްސްގެ ހުރިހާ ކުޅުންތެރިންވެސް ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވެފައި ވާކަމަށް އޭނާވަނީ ބުނެފައެވެ. ބޮޑު މުބާރާތެއްގައި ފުރަތަމަ ފަހަރަށް ކޯޗެއްގެ ގޮތުގައި ނިކުންނަ ސްލޮވާކިއާގެ ކޯޗް ޔާން ކޮޒާކްބުނީ އިދިކޮޅުން ނިކުންނަ ޓީމްގައިތިބި ކުޅުންތެރިންނަށް ބަލަން ބޭނުން ނުވާކަމަށާއި ހިތްވަރާއެކު ވޭލްސް ނިކުންނާނީ ތިންޕޮއިންޓް ކަށަވަރު ކުރަންކަމަށެވެ.
ވޭލްސްއާއި ސްލޮވާކިއާ ބައްދަލުކުރާ މެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެގަޑިން ނުވައެއް ޖަހާއިރުގައެވެ. މިމެޗްގެ ޕްރީ ޝޯވ ޕީއެސްއެމްގެ ޔެސް ޗެނަލުން މިރޭ 8:00ގައި ފެށުމަށްވަނީ ހަމަޖެހިފައެވެ.