ސްވިޒަލޭންޑާ އެއްވަރުކޮށް ގްރޫޕް އޭ އިން އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. ފްރާންސާ ސްވިޒަލޭންޑް ގްރޫޕް އޭގައި ވާދަކުރި މެޗް ނިމުނީ ލަނޑެއް ނުޖެހިއެވެ.
 
 
 މިތަނީޖާގެ ސަބަބުން 5 ޕޮއިންޓާއެކު ސްވިޒަލޭންޑްވެސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފަ. ގްރޫޕް ސްޓޭޖް ފްރާންސް ނިންމާލީ 7 ޕޮއިންޓާއެކުއެވެ. މިމެޗްގައި ފްރާންސަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. ޕޮގްބާ އަދި ޕަޔެޓް ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ސްވިޒަލޭންޑް ގޯލްގެ ހުރަސް ދަނޑިއަށެވެ.
 
 ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސްވިޒަލޭންޑް ދެވަނަ ބުރުން ޖާގަ ހޯދިއުރު، މިއީ އެޤައުމު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. ސްވިޒަލޭންޑް ވަނީ މިމުބާރާތުގައި އަލްބޭނިއާ ބަލިކޮށް ރޫމޭނިޔާ އާއި އެއްވަރުކޮށްފައެވެ. 
 
މުބާރާތް ބާއްވާ ޤައުމު ފްރާންސް ވަނީ ރޫމޭނިއާ އަދި އަލްބޭނިއާ މެޗް ކާމިޔާބުކޮށްފައެވެ.