އިނގިރޭސި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ލެސްޓާ ސިޓީގެ ކޯޗަކަށް ނެދަލަންޑްސްގެ ރޫޑް ވޭން ނިސްޓެލްރޫއީ ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
އުމުރުން 48 އަހަރުގެ ނިސްޓެލްރޫއީ ލެސްޓަރ ސިޓީގެ ކޯޗަކަށް ހަމަޖެއްސުމަށް އެ ކްލަބުން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނާއިރު މި ހަފްތާގައި ޗެލްސީ އަތުން ލެސްޓަރ ސިޓީ 2-1 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު އެ ޓީމުގެ ކޯޗު ސްޓީވް ކޫޕަރ ވަނީ މަގާމުން ދުރުކޮށްފަ އެވެ.
ކޫޕާރ ލެސްޓަރ ސިޓީ އާއި ހަވާލުވެފައިވަނީ މި ސީޒަން ފެށުމުގެ ކުރިން ލެސްޓަރ ސިޓީގެ އޭރުގެ ކޯޗު އެންޒޯ މަރެސްކާ ޗެލްސީ އާއި ހަވާލުވުމާއި ގުޅިގެންނެވެ. ކޫޕަރގެ އިރުޝާދުގެ ދަށުން ލެސްޓަރ ސިޓީ މި ސީޒަނުގައި ކުޅެފައިވަނީ އެންމެ 12 މެޗެވެ. ލެސްޓަރ ސިޓީ އަށް ލީގުގައި މިހާތަނަށް ކުޅެފައިވާ 12 މެޗުން އެ ޓީމަށް ލިބިފައިވާ 10 ޕޮއިންޓާއެކު އޮތީ ތާވަލުގެ 16 ވަނައިގަ އެވެ.
މެންޗެސްޓަރ ސިޓީގެ ކުރީގެ ކޯޗު އެރިކް ޓެންހާގްގެ އެސިސްޓެންޓް ކޯޗަކަށް ކުރި މަސައްކަތް ކުރި ވެންނިސްޓެލްރޫއީ ވަނީ ޓެންހާގެ އެ ކްލަބުގެ ކޯޗު ކަމުން ވަކިކުރުމާއިއެކު ވަގުތީ ގޮތުން އެ ޓީމަށް ކޯޗުކޮށްދީފަ އެވެ. ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑް ހަތަރު މެޗު ކުޅެފައިވާއިރު އެ ޓީމު ވަނީ ތިން މެޗުން މޮޅުވެ އެއް މެޗުން އެއްވަރުކޮށް އެއްވެސް މެޗަކުން ބަލިވެފައެއް ނުވެއެވެ.
އަދި އޭނާ މެންޗެސްޓަރ ޔުނައިޓެޑުން ވަކިވެފައިވަނީ އެ ޓީމާއި އަލަށް ހަވާލުވި ޕޯޗުގަލްގެ ރުބެން އަމޮރިމްގެ ކޯޗިން ސްޓާފުންގެ ތެރޭގައި ނިސްޓެލްރޫއީ ހިމަނާފައިނުވާތީ އެވެ.
ކުޅުން ހުއްޓާލުމަށްފަހު ނިސްޓެލްރޫއީ ވަނީ ނެދަލޭންޑްސްގެ ޕީއެސްވީ އަށް 23-2022 ވަނަ އަހަރުގެ ސީޒަނުގައި ކޯޗުކޮށްދީ އެ ޓީމަށް ޑަޗް ކަޕް ކާމިޔާބުކޮށްދީފަ އެވެ.
ލެސްޓަރ ސިޓީ އެންމެ އަވަހަށް ދެން މެޗެއް ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އާއި ދެކޮޅަށެވެ. ނަމަވެސް މި މެޗުގައި ނިސްޓެލްރޫއީ އެ ޓީމަށް އިރުޝާދު ދޭނެކަމަށް ގަބޫލުނުކުރެވެއެވެ. ލެސްޓަރ ސިޓީގެ ކޯޗު ކަމުން ކޫޕަރ ވަކިކުރުމަށްފަހު ވަގުތީ ގޮތުން އެ ޒިންމާ ހަވާލުކޮށްފައިވަނީ ބެން ޑޯސަން އެވެ. އެހެންކަމުން މި މެޗުގައި ލެސްޓަރ އަށް އިރުޝާދު ދޭނީ ބެން ޑޯސަން އެވެ.