ގއ. ދާންދޫގައި ޒުވާނަކު މަގުމަތީގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މިއަދު ހެނދުނު 8:10 ކަންހާއިރު ގއ. ދާންދޫ ފެނަކަ އޮފީހުގެ ހުޅަނގު ފަރާތު މަގު މައްޗަށް މީހަކު ވެއްޓިފައި އޮތްކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އޭނާ އެރަށު ޞިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ޞިއްޙީ މަރުކަޒާ ޚަވާލާދީ ފުލުހުން ވިދާޅުވިއެވެ. މަރުވެފައިވަނީ ގއ. ދާންދޫ ނަގަހެލާ, 33 އަހަރުގެ އަޙްމަދު ޢަބްދުﷲއެވެ.
މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.