ޚަބަރު

ގޯލްޑް ކަޕް: ކުރެންދޫ އަތުން އަލިފުއްޓަށް ހަނި މޮޅެއް


ފުޓްބޯޅައިގެ ފޯރި އަލުން ގަދަކުރުމުގެ އަމާޒުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުގައި ޅ. ކުރެންދޫ އަތުން ރ. އަލިފުށި ހަނި މޮޅެއް ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު ގްރޫޕް އެޗްގެ މެޗު އަލިފުށިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އަލިފުށިން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައެވެ. މެޗުގެ 63 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަޙްމަދު ހުސާމެވެ.

މި މުބާރާތުގެ ދެވަނަ ބުރުގައި 12 ޓީމެއް ހިމެނޭއިރު، މި ޓީމުތައް ވަނީ ހަތަރު ގްރޫޕަކަށް ބަހާލާފައެވެ. ކޮންމެ ގްރޫޕެއްގައި ތިން ޓީމު ހިމެނޭއިރު، އެ ގްރޫޕުތަކުން އެންމެ ކުރީގައި ނިންމާ ދެ ޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ލިބިގެންދާނެއެވެ.