ޚަބަރު

ފަހު ވަގުތު އަބްރަހަމް ކާމިޔާބުކޮށްދިން ލަނޑުން އޭސީ މިލާން މޮޅުވެއްޖެ


ޗެމްޕިއަންސް ލީގުގައި ރޭ އޭސީ މިލާން ކުޅުނު މެޗުގެ ފަހު ވަގުތު ޓެމީ އަބްރަހަމް ކާމިޔާބުކޮށްދިން ލަނޑާއެކު 2-1 ގެ ނަތީޖާއަކުން ރެޑް ސްޓާރ ބެލްގްރޭޑް އަތުން މޮޅުވެއްޖެ އެވެ.

މިލާނުގެ ސެންސީރޯ ގައި ފަންސާސް ތިން ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗު އޭސީ މިލާނުން ކާމިޔާބު ކުރުޏާއެކު އެ ޓީމަށް ވަނީ މި މުބާރާތުގައި މިހާތަނަށް ކުޅުނު 6 މެޗުން ލިބުނު 12 ޕޮއިންޓާއެކު އެ ޓީމު ވަނީ ތާވަލުގެ 12 ވަނައަށް އަރާފަ އެވެ. ރެޑް ސްޓަރ އަށް ހަ މެޗުން ލިބިފައިވާ 3 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 36 ޓީމު ވާދަކުރާ ލީގުގެ 31 ވަނައިގަ އެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ރަފައެލް ލިއާއޯ ވަނީ އޭސީ މިލާނަށް ލަނޑެއް ކާމިޔާބުކޮށްދީ އެ ޓީމަށް ލީޑު ނަގައިދީފަ އެވެ.

ނަމަވެސް ދެވަނަ ހާފުގެ ކުޅުން ފެށުނުތާ 22 ވަނަ މިނިޓުގައި ރެޑް ސްޓަރ ގެ ރެޑޮންޖިކް ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.

މި މެޗުން އޭސީ މިލާން މޮޅުވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޓެމީ އަބްރަހަމް އެވެ.

މިއީ 05-2004 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭސީ މިލާން ދަތުރު ކުރި ފަހުން މި މުބާރާތުގައި އެ ޓީމު ޖެހިޖެހިގެން ހަތަރު މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.