ޚަބަރު

ދަތުރުފަތުރުގެ ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް އެއްބަސްވުމެއް


  • ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ގްރީން ހައުސް ގޭހާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ބަލަހައްޓާނެ

ދަތުރުފަތުރުގެ ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދިނުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިިއެވެ.

މި ކޮންސަލްޓަންސީގެ މަޤްޞަދަކީ ގްރީންހައުސް ގޭސް އިންވެންޓްރީ އެކުލަވާލުމަށް ބޭނުންވާ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްކާތެރި އަދި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މި އެއްބަސްވުން އެކުލަވާލާފައިވަނީ ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑާއެކުއެވެ.

މި ކޮންސަލްޓަންސީ ހޯދުމުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ގްރީން ހައުސް ގޭހާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ބެލެހެއްޓޭ ރައްކާތެރި އަދި ހަރުދަނާ ނިޒާމެއް ގާއިމުކުރުންކަމަށް ތިމާވެށްޓަބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އޮޑޮމީޓަރ ޑޭޓާ އެއްކުރުމަށް ރޯޑްވާދިނެސް ނިޒާމެއްވެސް ތައާރްކުރެވިގެންދާނެކަމަށާއި އެއީ އުޅަނދުތައް ދަތުރުކުރާ މިންވަރުގެ މައުލޫމާތު އެއްކުރުމަށްޓަކައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތަކެއްކަމަށްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއީ ކެޕޭސިޓީ ބިލްޑިންގް ފޯ އިމްޕްރޫވްޑް ޓްރާންސްޕެރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޑޝަން އެކްޝަން އިން ދަ މޯލްޑިވްސް މަޝްރޫޢުގެ ދަށުން ހިންގާ މަސައްކަތްތަކެއްކަމަށެވެ. މި މަޝްރޫޢުއަކީ ގްލޯބަލް އެންވައިރަމެންޓު ފެސިލިޓީއިން ފަންޑުކޮށްފައިވާ މަސައްކަތްތަކެއްކަމަށްވާއިރު އދގެ އެންވައިރަމެންޓު ޕްރޮގްރާމްގެ ދަށުންވެސް އެހީ ލިބިފައިވާކަމަށް އެ ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.


މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އެވެ. އަދި ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.