ޚަބަރު

ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަށް


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި ގައުމީ ބީޗް ވޮލީބޯލް ޗެމްޕިއަންޝިޕް 2024 ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ ހޯދައިފިއެވެ.

މުބާރާތުގެ ފައިނަލްގައި މި ދެ ޕެއާ ކާމިޔާބުކުރީ މުހަންމަދު އަލީ (ޑެންޒޯ) އާޢި އަހުމަދު މުހައްމަދު (ކޮކޭ)ގެ ޕެއާ ވާދަކޮށް 2-1 ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ގެންދިޔައީ 23 – 21 ، 14 – 21 އަދި 11 – 15 އިންނެވެ.
ފައިނަލަށް ސާޖިދު އަދި ނަސީމްގެ ޕެއާ ދިޔައީ ސެމީ ފައިނަލުގައި ނިހާދު އަދި ޔޫސުފްގެ ޕެއާ މައްޗަށް ކުރިހޯދައިގެންނެވެ.

މުބާރާތުގެ ތިންވަނަ ހޯދި އަދުނާން އަބްދުލް ހަމީދު އާއި އަލީ ޝިމާލުގެ ޕެއާއެވެ. ބްރޯންޒް މެޑަލް މެޗުގައި ނިހާދު އާއި ޔޫސުފު މައްޗަށް ކުރީ ހޯދީ 2-0 ސެޓުންނެވެ.

މިފަހަރު ގައުމީ ބީޗް ވޮލީބޯލް ލީގު 2024 ގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް އިސްމާއިލް ސާޖިދް (ކުޑަ ކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ ވަނީ ހޯދާފައެވެ.