އިންގްލެންޑް ކަޓުވާލުމަށްފަހު ކުޑަކުޑަ އައިސްލެންޑްޔޫރޯގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ.
ތިންލައްކަ ތިރީސް ހާސް މީހުންގެއާބާދީއެއް ހިމެނޭ އައިސްލެންޑާ އިންގްލެންޑް ވާދަކުރި މެޗް އައިސްލެންޑްކާމިޔާބުކުރީ ދެލަނޑު އެއްލަނޑުންނެވެ. މިއީ އައިސްލެންޑްގެ ފުޓްބޯޅައިގެ ތާރީހުގައި އެޤައުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.
މެޗްގައި ފުރަތަމަ ލަނޑުޖަހާކުރިހޯދީ އިންގެލެންޑެވެ. މެޗްގެ ވަރަށް ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މިލަނޑުއިންގްލެންޑަށް ކާމިޔަބުކޮށްދިނީ ކެޕްޓަން ވޭން ރޫނީއެވެ. އިންގްލެންޑުން ލަނޑު ޖެހިތާމާގިނަ އިރުތަކެއް ނުވެ އައިސްލެންޑަށް މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނީސިގާޑްސަންއެވެ. މެޗުން މޮޅުވި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ ސިތޯސަންއެވެ.
މެޗުން ބަލިވެ މުބާރާތުން ކެޓުމުން އިންގްލެންޑް ކޯޗް ރޯއީ ހޮޖްސަން ވަނީ ވަގުތުންއިސްތިޢުފާ ދީފައެވެ. ކުއާޓަރ ފައިނަލްގައި އައިސްލެންޑް ވާދަކުރަން ޖެހޭނީ މުބާރާތްބާއްވާ ޤައުމު ފްރާންސާއެވެ.