ޚަބަރު

އަލިފާނުގެ ހާދިސާ: 22 މީހަކަށް ވަގުތީ އެހީތެރިކަން


  • އަލިފާން ކޮންޓްރޯލްކުރެވިފަވަނީ ހެނދުނު 06:00 ހާއިރު

  • ޖުމްލަ 33 މިހުންނަށް އެހީތެރިކަން ހޯދު

  • ބައެއް ފަރާތްތަކުން އަމިއްލަ ވަގުތީ ހިޔާތަކަށް ބަދަލުވި

ރޭ ފަތިހު ހިނގި އަލިފަނުގެ ޙާދިސާއާ ގުޅިގެން 22 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ނެޝަނަލް ޑިޒާސަޓަރ މެނެޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

މި ހާދިސާ ހިނގައިގެން ރިޕޯޓްކޮށްފައިވަނީ ރޭ ފަތިރު 04:20 ހާއިރުއެވެ. އަލިފާންގަނޑު ފަތިހު 05:27 ހާއިރު ކޮންޓްރޯލްކުރިއިރު، އަލިފާން މުޅިން ނިންވަލެވިފަވަނި ހެނދުނު 06:00ގަކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

އެންޑީއެމްއޭއިން ވިދާޅުވީ އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަ ކުރެވުނުކަމަށެވެ. އެއީ 14 ދިވެހިންނާ 19 ބިދޭސީންނެވެ. މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސަމުންދާކަމަށް އެންޑީއެމްއިން ވިދާޅުވެއެވެ.

މީގެތެރެއިން ބިދޭސީ 1 ޢާއިލާ، އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަކަށް ބަދަލުވެފައިވާކަމަށް އެންޑީއެމްއޭއިން ވަނީ ވިދާޅުވެފައެވެ. މިގެއިތުރުން 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެމްއެންޑީއެފްގެ މާލެ ފަޔަރ ސްޓޭޝަންގެ އޮފިސަރ ކޮމާންޑަރ، ލެފްޓިނެންޓް އަޙުމަދު ފިރުޝާން ވިދާޅުވި މި ހާދިސާގައި އަލިފަން ރޯވީ މއ.ސްޕްރިންގް ރިވާ ގޭ 1ވަނަ ފަންގިފިލާގަ ހުންނަ، ފްރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައިކަމަށެވެ.

ފިރުޝާން ވިދާޅުވީ މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން، އެ ސަރަޙައްދުގެ ބައެއް އިމާރާތްތަކަށް ފެންޖެހުމާއި، އަދި އިމަރާތްތަކުން މީހުން ހުސްކުރީކަމަށެވެ. އަލިފާން ނިންވުމުގެ މަސައްކަތުގަ ފުލުހުންނާ އަދި އައްމު ރައްޔިތުންގެ ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.