ރ. ކިނޮޅަހުގައި އަލަށް އިމާރާތް ކުރާ ކައުންސިލް އިދާރާގެ ބިންގާ އަޅައިފިއެވެ.
ކިނޮޅަހު އައު ކައުންސިލްގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ކައުންސިލް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ބެހޭ ވަޒީރު އާދަމް ޝަރީފްއެވެ. ކިނޮޅަސް ކައުންސިލްގެ އައު އިމާރާތަކީ މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ތަރައްޤީ ކުރާ ކައުންސިލް އިމާރާތެކެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލްގެ ތެރެއިން ރ. ކިނޮޅަސްގައި ޢިމާރާތްކުރާ ކައުންސިލްގެ އިދާރާ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް… pic.twitter.com/HSIRTMJ8oC
— Ministry of Cities, Local Government, Public Works (@MoCLPmv) January 23, 2025
މެލޭޝިއާގެ ކުންފުންޏެއްކަމަށްކަމަށްވާ ހެކްސްޓަރ ގްލޯބަލްއާ ހަވާލުކޮށްގެން އެންމެ ދަށްކޮށްހުރި ކައުންސިލް އިމާރާތްތަކުގެ ތެރެއިން 55 ކައުންސިލްއެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ.
މި 55 ކައުންސިލްގެ އިމާރާތް ކުރުމުގެ މަސައްކަތުގެ ދަށުން ކިނޮޅަސް ހިމެނޭހެން މިހާތަނަށް 4 ރަށެއްގައި ވަނީ ބިންގާ އަޅާފައެވެ.