ހއ.ހޯރަފުއްޓަށް ފުޓްސެލް ދަނޑެއް ބޭނުންވާ ކަމަށާއި އެހެންކަމުން ހޭންޑްބޯޅަ ކޯޓެއްވެސް ހިމެނޭ ގޮތަށް ކުޅުވަރުގެ ވަސީލަތްތައް އެރަށުގައި ގާއިމުކޮށްދެވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެންވިދާޅުވީ މިހާރު ހއ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔތުންނާ ބައްދަލުވކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ހޯރަފުށީ ކައުންސިލާ ބައްދަލުކުރެއްވުމުން އެކައުންސިލުން އެދިފަވަނީ އެރަށުގައި ފުޓްސެލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއް ތަރައްގީކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށަށް ފުޓްސެލް ދަނޑެއްގެ މުހިންމުކަން ބޮޑުކަން ފާހަގަކުރައްވައި ފުޓްސެލް ދަނޑަކާއި ހޭންޑްބޯޅަ ކޯޓެއްވެސް ގާއިމުކޮއްދެވާނެކަމަށް ވިދާޅުވެފައެވެ.