މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ސީއީއޯ މުހައްމަދު ވަޖީޙު އިބްރާހީމް މަޤާމުން ވަކިކޮށްފިއެވެ.
އޭނާ މަޤާމުން ވަކިކޮށްފައިވާކަން ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރިފަރާތް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ހާމަކުރައްވާފައެވެ. ޕީސީބީން ވިދާޅުވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުކަމުންނާއި ކުންފުނީގެ ބޯޑުން ވަޖީހު ވަކިކޮށްފައިވާކަމަށެވެ.
އޭނާ މަޤާމަށް އައްޔަންކޮށްފައިވަނީ 2023 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ވަޖީހުވަނީ 2013ވަނަ އހަރުން ފެށިގެން 2022 ގެ ނިއަލަށް އެމްޕީއެލްގެ އިސްމަގާމުތަކެއް ފުރުއްވާފައެވެ.