ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބޭއްވި މިއަހަރުގެ ގައުމީ ބީޗް ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން އިސްމާޢީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ގެ ޕެއާ އަދި އަންހެން ޗެމްޕިއަންކަން ފާޠިމަތު ޒީނިޔާ އާއި އާމިނަތު އަރީޝާގެ ޕެއާ ހޯދައިފިއެވެ.
ޖުމްލަ 15 ޕެއާ އާއެކު ބޭއްވި މިއަހަރުގެ ގައުމީ ބީޗުވޮލީ މުބާރާތުގެ ފިިރިހެން ޑީވިޝަނުގެ ޗެމްޕިއަންކަން ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ ހޯދިއިރު، މި ޕެއާ ވަނީ މިދިޔަ އަހަރުގެ ބީޗުވޮލީ ލީގުވެސް ކާމިޔާބުކޮށްފައެވެ. ދެވަނަ ހޯދާފައިވަނީ މުހަންމަދު އަލީ (ޑެންޒޯ) އާޢި އަހުމަދު މުހައްމަދު (ކޮކޭ) ގެ ޕެއާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ އަލީ ޝިމާލް އާއި އަދުނާނުގެ ޕެއާ އެވެ.
މީގެއިތުރުން މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން އެންމެ ފަހުގެ ޗެމްޕިއަން ފާޠިމަތު ޒީނިޔާ އާއި އާމިނަތު އަރީޝާގެ ޕެއާ ހޯދިއިރު ދެވަނަ ހޯދާފައިވަނީ ހައްވާ ރާޝިދާ އާއި އައިޝަތު މާޖިދާގެ ޕެއާ އެވެ. އަދި ތިންވަނަ ހޯދާފައިވަނީ ޝަމްހާ އާއި އަނާލްގެ ޕެއާ އެވެ.
މި މުބާރާތަށްފަހު ކުރިޔަށްދެން އޮތީ ވީއޭއެމް ކަޕުގެ ޕްރީލިމިނަރީ ބުރެވެ. ޕްރީލިމިނަރީ ބުރުގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގއެވެ.