މެޒޯ މުހައްމަދު މާޖިދަކީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގެ ހިއްސާދާރެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މެޒޯ މުހައްމަދު ނިޔާވުމުގެ ހިތާމައިގައި ސޯޝަލް މީޑިއާގައި ހިއްސާކުރެެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އެންމެ ގާތް ރަހުމަތްތެރިންގެ ތެރެއިން އެއް ބޭފުޅާކަމަށެވެ. އެގޮތުން މެޒޯ މުހައްމަދަކީ އެމަނިކުފާނުގެ އާއްމު މަސައްކަތުގެ ބޮޑު ބައިވެރިއެއްކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ މެޒޯ މުހައްމަދަކީ ޑިމޮކްރަސީއަށް ރާއްޖެ ކުރި ދަތުރުގެ ހިއްސާދާރެއްކަންވެސް ފާހަގަކުރައްވާފައެވެ.
Mezzo Mohamed akee alhuganduge enme gaaiy rahumaiytherin kuren ekakeve. Alhuganduge aanmu masahkathakuge bodu baiveri ekeve. Raajje Democracy ah kuri dhathuruge hihsaa dhaarekeve.
— Mohamed Nasheed (@MohamedNasheed) February 12, 2025
Mohamed ah suvarugeyge mathiveri niumaiy minvaru kuravvaa, aailaa ah keiytherikan dhevvaashi! pic.twitter.com/30fcs6FZkx
"މުހައްމަދުއަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން ދެއްވާށި" ރައީސް ނަޝީދުގެ ޕޯސްޓުގައިވެއެވެ.
މެޒޯ މުހައްމަދު ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއަށް 45 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އެ މުއްދަތުގެ ތެރޭގައި އޭނާ ވަނީ ދިވެހިންގެ ތެރޭގައި މަޤްބޫލުކަން ހޯދާފައިވާ ގިނަ އުފެއްދުންތަކެއް އަމިއްލައަށް އުފައްދަވައި، ހުށަހަޅުއްވައި ދެއްވާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުން އުމުރުން 59 އަހަރުގެ މެޒޯ މުޙައްމަދު ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާކަމަށް މައުލޫމާތު ލިބިފައެވެ.