ބަނދަރުތައް ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ތެރެއިން ތިން ރަށެއްގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާކަމަށް އެމަޝްރޫޢުތަކުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓިސީސީން ވިދާޅުވެއްޖެއެވެ. އެރަށްތަކަކީ ނ. ހޮޅުދޫއާއި ބ.މާޅޮސް އަދި ށ. ނޫމަރާއެވެ.
އެމްޓީސީސީއިން ވިދާޅުވީ ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 94 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ހޮޅުދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ ގޮތުން، 570 މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ އަދި 375 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުމަށާއި، ރަށުގެ އޮޑިއެހެލާ ސަރަޙައްދުގައި އެއްގަމު ތޮށްޓެއް ޤާއިމްކުރުމާއި 14 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ގާއިމުކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/ae7jtYpk3B
— MTCC Plc (@MTCCPlc) February 23, 2025
ބ. މާޅޮސް ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން ބަނދަރުގެ ބޭސިންގ ފުންކުރުމުގެ މަސައްކަތް ނިމުމަކާގާތްވެފައިވާކަމަށްވެސް އެމްޓީސީސީން ވިދާޅުވިއެވެ. މި މަޝްރޫޢުގެ އަދި މިހާރު ކުރިއަށްދަނީ އެއްގަމު ތޮށިލުމަށް ބޭނުންވާ ގައު އެތެރެކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުނފުނިން ވިދާޅުވެއެވެ.
މާޅޮހު ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްޤީކުރުމަށްވަނީ ހަމަޖެހިހިފައެވެ. އަދި ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ޖަހާ ބޭރު ތޮއްޓެއް ލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތައް 69.47 މިލިއަން ރުފިޔާއަށެވެ.
މިރަށުގެ ބަނދަރު ތަރައްޤީ ކުރަނީ ރައްޔިތުންގެ ލަފަޔާއި އިރުޝާދު ހޯދައިގެން ރައްޔިތުން ބޭނުންވާ ބަދަލުތަކާއެކުގައެވެ.
ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 68 ޕަސެންޓް ނިމިއްޖެ. މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތް.#MTCCProjects #RayyithungeKunfuni pic.twitter.com/ae7jtYpk3B
— MTCC Plc (@MTCCPlc) February 23, 2025
ށ. ނޫމަރާ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މިހާރު ކުރިއަށް ދަނީ ބަނދަރުގެ ޕޭވްމަންޓް މަސައްކަތްތަކާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައްކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރުތެރެ މެއިންޓެނަންސް ޑްރެޖް ކުރުމާއި، އާ ބަނދަރެއް ފުން ކުރުމާއި، ނެރު ފުންކުރުމުގެ އިތުރުން 64 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 6.302 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި 177 މީޓަރުގެ އެލް-ބްލޮކް ވާޓަރު ޖެހުމާއި، 32 މީޓަރުގެ ވާޓަރު މަރާމާތުކުރުމާއި، 4 ފައްތިޔާ ޤާއިމު ކުރުމުގެ އިތުރު ހާބަރު ލައިޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ 57.6 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަނދަރުތައް ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުންފަދަ ޢުމްރާނީ ގިނަ މަޝްރޫޢުތަކެއް ހިންގަމުންނެވެ.