ޚަބަރު

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ފަރުވާދެނީ


  • އެކްސިޑެންޓް ހިނގީ 2 ސައިކަލް ޖެހިގެން

ހުޅުމާލޭގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ބަޔަކަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިރޭ 8:15 ވާއިރު ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި ހުންނަ މުނި ހޯމް ކެއަރ މިސްކިތް ކައިރީގައި 2 ސައިކަލް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވި 2 ސައިކަލް ދުއްވި މީހުންނަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ދަނީ ތަހުގީގުކުރަމުންކަމަށެވެ.