ޚަބަރު

ބުދަ ދުވަހުން ފެށިގެން ރަސްމީގަޑި ކުރިއެކޭ އެއްގޮތަށް ބަދަލުވާނެ


މި އަހަރުގެ ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 14:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގަޑިއަކީ 1437 ވަނަ އަހަރުގެ ރަމަޟާން މަހުގައިވެސް ސަރުކާރުގެ ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސަވާފައިވާ ގަޑިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހު ސުންނަތް ރޯދަ ހިފަން ބޭނުންވާ ފަރާތްތަކަށް ލުއި ދެއްވުމުގެ ގޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ. އަދި މި ޝައްވާލް މަހުގެ 7 ވާ ބުދަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ގަޑި ކުރިން ހަމަޖެހިފައިވާގޮތަށް ހެނދުނު 08:00 އިން މެންދުރުފަހު 14:00 އަށް ބަދަލުވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ.