ޚަބަރު

"އެވެރިން"ގެ ދެވަނަ އެޕިސޯޑްގައި ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ދެކަނބަލުން


  • ރައީސް ވަޙީދުގެ ސިޔާސީ ހަޔާތްޕުޅުގެ ވަހަކަތައް ހިއްސާކުރާނެ

  • އަމިއްލަފުޅު ދިރިއުޅުމުގެ ޝަޢުގުވެރި ވާހަކަތަކެއްވެސް ގެނެސްދޭނެ

ޕީ.އެސް.އެމް ނިއުސްއިން މި ރަމަޟާން މަހަށް ޚާއްސަކޮށްގެން ގެނެސްދޭ "އެވެރިން" މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް މިހާރު ވަނީ ބެލުންތެރިންނާއި ހިސާބަށް ގެނެސްދީފައެވެ.

މި ސިލްސިލާގެ ދެވަނަ އެޕިސޯޑް މިރޭ 22:00ގައި ޕީ.އެސް.އެމް ނިއުސް އިން ގެނެސްދޭނެއެވެ.

މި ސިލްސިލާގެ ދެވަނަ ޝޯވ ޚާއްސަކޮށްފައިވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިލްހާމް ޙުސައިންއަށެވެ.

މިއީ އެތައް ދުވަހަކަށްފަހު މިދެމަފިރިކަނބަލުން އެކުގައި ރައްޔިތުންނަށް ފެނިގެންދާނެ ފެނިލުމެކެވެ. މި ޝޯވގެ ތެރެއިން ރައީސް ޑރ. މުޙައްމަދު ވަޙީދުގެ ސިޔާސީ ހަޔާތްޕުޅުގެ ވާހަކަތަކާއި، އެ ދެކަނބަލުންގެ އަމިއްލަ ދިރިއުޅުމުގެ ވަރަށް ގިނަ ވާހަކަތައް ހިއްސާކުރައްވާނެއެވެ. ޢާންމުންނަށް މީގެކުރިން ނޭނގޭ އެތައް ވާހަކަތަކެއްވެސް މި ޕްރޮގްރާމުގައި ރައީސް ވަޙީދުގެ ދެކަނބަލުން ޙިއްސާކުރައްވާނެއެވެ.

"އެވެރިން" ސިލްސިލާގެ ޕްރޮގްރާމްތަކަކީކީ މިއީ ދިވެހި ޤައުމަށް އެކި ރޮނގުރޮނގުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅުންގެ ވާހަކަތައް ހިމަނައިގެން ގެނެސްދޭ ޚާއްސަ ޕްރޮގްރާމްއެކެވެ. މި ޕްރޮގްރާމުގެ އެންމެ ތަފާތު އަދި ޚާއްޞަކަމަކީ އެހެން ޕްރޮގްރާމަތަކާ ޚިލާފަށް މެހުމާނާއެކު އޭނާގެ ހަޔާތުގެ ބައިވެރިޔާ ނުވަތަ އާއިލާ މެންބަރުންވެސްވެސް ބައިވެރިވުމެވެ.

ސެލެބްރިޓީ ޓޯކްޝޯވއެއްގެ ކޮންސެޕްޓަކަށް ގެނެސްދޭ މި ޕްރޮގްރާމަށް ތައްޔާރުކޮށްފައިވާ ސެޓަކީ މިފަހަރު ޕީއެސްއެމްގެ ޓީވީ ޗެނަލަކުން ފެނިގެންދާނެ އެންމެ ބޮޑު އަދި އެންމެ ހިތްގައިމު އެއް ސެޓެވެ.

"އެވެރިން"ގެ ޖުމްލަ 5 އެޕިސޯޑެއް މި ރަމަޟާންމަހު ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެ ރޭ 22:00 ގައި ޕީ.އެސް.އެމް ނިއުސް އިންނެވެ.