ޚަބަރު

އަމާޒަކީ ކުރެންދޫ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރު ނިންމުން


  • މިހާރު ކުރިއަށްދަނީ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައް

  • މަޝްރޫޢުގައި %60 މަސައްކަތް ވަނީ ނިމިފަ

އަމާޒަކީ ޅ. ކުރެންދޫގައި އިމާރަތްކުރަމުންދާ 50 ހައުސިންގ ޔުނިޓުގެ މަސައްކަތް މިއަހަރުތެރޭ ނިންމުން ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ހަވާލުކޮށްފައިވަނީ އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓޭޑާއެވެ. މިއީ ޑިޒައިން ބިލްޑް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ ކުރެންދޫ ހައުސިންގ ޔުނިޓުތަކުގައި މިހާރުވަނީ ކޮންކްރީޓް މަސައްކަތްތައް ނިމިފައިކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ 50 ޔުނިޓްގެ ފްލެޓުތަކުގައި ކުރަންޖެހޭ ރޭނުމާއި ސިމެންތި ޖެހުމުގެ މަސައްކަތްތައްކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

މި މަޝްރޫޢުގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްސާކުރައްވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މުޅި މަޝްރޫޢުގެ %60 މަސައްކަތް މިހާރު ނިމިފައިވާކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

1000 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ޅ. ކުރެންދޫގައި ތަރައްޤީކުރަނީ 50 ހައުސިން ޔުނިޓްގެ ފުލެޓު އިމާރާތެކެވެ. އެއީ 10 ފަންގިފިލާގެ އިމާރާތެކެވެ. މި ހައުސިން ޔުނިޓްތަކުގައި 3 ކޮޓަރި، 3 ފާހާނާ، ސިޓިންގ ރޫމް، ބަދިގެ، ލޯންޑަރީ އަދި ސްޓޯރ ރޫމެއް ހުންނާނެއެވެ. އަދި ހައުސިންގ ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށާއި، އާއްމު ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމަށް ޔުނިޓްތައް ވަށައިގެން އަލި ކުރެވޭނެކަމަށާއި، ޕާރކަކާއި ވެހިކަލް ޕާކުކުރާނެ ސަރަޙައްދެއް ޤާއިމްކުރާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުއަށް ސަރުކާރު 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެއެވެ