ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާއާއި ތަޙްނިޔާ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަރިސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ މިބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމައާއި ޘަވާބު އަޅަމެންނަށް ދެއްވުމަށާއި ފާފަ ފުއްސެވުމާއި ދިންނެވުން ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާފައެވެ. އަދި މިމައްސަރުގައި ލައްވާފައިވާ ބަރަކާތްތެރި ލައިލަތުލް ޤަދުރިވިލޭރޭގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް މިންވަރުކުރެއްވުން އެދިވެސް ވަނީ ދުޢާކުރައްވާފައެވެ.
ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ ހެޔޮ ދުޢާ ތަހްނިޔާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަން. މާތް ﷲ މި ބަރަކާތްތެރި ރޭ ތަކުގެ ހެޔޮ ދަރުމަޔާއި ޡަވާބު އަޅަމެން އެންމެނަށް ލަށްވާށި! ލައިލަތުލް ޤަދްރީގެ މަތިވެރި ނިޢުމަތް އަޅަމެން އެންމެނަށް ދެއްވަވާށި! އާމީން!…
— Dr Mohamed Muizzu (@MMuizzu) March 20, 2025
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފަހު ދިހައިގެ ބަރަކާތް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ފަސޭހަ ވާނޭހެން ސަރުކާރުގެ މުވައްޒަފުންނަށް ފަހު ދިހައެއް ބަންދު ދުވަސްތަކެއްކަމުގައި ހަމަޖައްސަވާފައެވެ.