ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމާއި ގުޅިގެން މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައެވެ.
މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެރޭ 12 ޖެހިއިރުގައެވެ. ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.
މި ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހުން މީހުންގެ ޤާނޫނާ"އެކުއެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ބޮޑު ބަދަލެއް އައީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއެކުއެވެ. މި ޤާނޫނާއެކު އެމުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ވަނީ ކަށަވަރުވެފައެވެ. އަދި ފަހުގެ އީޖާދީ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ އިދާރީ އޮނިގަނޑަށް އެންމެ ބޮޑު ބަދަލެއް އައީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށި އައު ފުލުހުންގެ ޤާނޫނާއެކުގައެވެ. އެގޮތުން މީގެ ކުރިން ކޮމިޝަނަރ އައްޔަން ކުރުމާއި ވަކިކުރުމަށް ރައީސުލްޖުމުހޫރިއްޔާ ފުރިހަމަ ބާރު އޮތް ނަމަވެސް މިހާރު ޤާނޫނީ ގޮތުން އަދި ފަންނީ ގޮތުން އެ މަޤާމަށް ޝަރުތު ހަމަވާ ފަރާތްތައް ވަޒަން ކުރަން ބޯޑު މަސައްކަތް ކުރެއެވެ. އަދި ދާޚިލީ ވަޒީރަށާއި ލަފާ ފުލުހުންނާއި ގުޅޭގޮތުން ޤާނޫނީ ލަފާ އަރުވަން ޖެހޭ އެހެން ފަރާތްތަކަށް ލަފާ އަރުއެވެ.