ކުޅިވަރު

ވީއޭއެމް ކަޕް: ފްލެކްސަރ އަތުން ބަލިވެ އަސްދިގަ ކަޓައިފި


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ފްލެކްސަރ ސްޕޯޓްސް ކުލަބު އަތުން ބަލިވެ އަސްދިގަ ސްޕޯޓްސް ކުލަބު މުބަރާތުން ކަޓައިފިއެވެ.

ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުން ފްލެކްސަރ މޮޅުވީ ފަސޭހަކަމާ އެކު ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތަށް ފެލެކްސަރ ކާމިޔާބުކުރީ 25-14، 25-14 އަދި 7-25 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ފްލެކްސަރގެ ޗަނޯނަންއެވެ.

މިއީ މުބާރާތުގައި ފްލެކްސަރ ހޯދި ދެވަނަ މޮޅެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިއަށްދަނީ އަންހެން މުބާރާތްތަކެވެ.