ރަސްފަންނު މޫދަށް ތެޔޮ އެޅިފައި ހުރުމުން އެސަރަހައްދު މޫދަށް ނޭރުމަށް ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރައްވައިފިއެވެ.
ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ފުލުހުންވަނީ ރަސްފަންނު ސަރަހައްދު މޫދަށް ކަޅު ތެޔޮއެޅިފައިވާތީ އެ ސަރަހައްދުގެ މޫދަށް މިދުވަސްވަރު ނޭރުމަށާއި، މޫދުގައި ހިންގާ އެއްވެސް ހަރަކާތެއް އެސަރަހައްދުގެ މޫދުގައި ނުހިންގުމަށް އިލްތިމާސްކުރައްވާފައެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިގެން ތެޔޮ ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.