ޚަބަރު

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025ގެ ވެބްސައިޓް އިފްތިތާޙްކޮށްފި


  • މި ކޮންފަރެންސް އޮންނާނީ މޭމަހުގެ 10 އިން 12 އަށް

  • ވެބްސައިޓުން ކޮންފަރެންސްއާ ގުޅޭ އެކި މަޢުލޫމާތު ލިބޭނެ

  • މި ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް

ނޭޝަނަލް ޖުވެނައިލް ޖަސްޓިސް ކޮންފަރެންސް 2025ގެ ވެބްސައިޓް އިފްތިތާޙްކޮށްފިއެވެ.

ކުޑަކުދިންގެ ޢަދުލުގެ ނިޒާމު ހަރުދަމާނުކުރުމާ ގުޅޭގޮތުން ބާއްވާ މި ކޮންފަރެންސް އޮންނާނީ މޭމަހުގެ 10 އިން 12 އަށެވެ. މިއީ ކަމާގުޅުހުންހުރި ހުރިހާ އިދާރާތައް ހިމެނޭހެން ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސްއެވެ. މި ކޮންފަރެންސްގެ މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއެވެ.

މި ކޮންފަރެންސަށް ޚާއްސަ ވެބްސައިޓް މިހަސއިފްތިތާޙްކޮށްފައިވާއިރު ވެބްސައިޓުން ކޮންފަރެންސާ ގުޅޭ އެކި މަޢުލޫމާތުތައް ލިބޭނެއެވެ. މިގޮތުން މި ކޮންފަރެންސްގައި އަލިއަޅުވާލާނެ މަޢުޟޫތަކާއި ކީނޮޓް ސްޕީކަރުންގެ އިތުރަށް ޕެނަލްޑިސްކަޝަންސް އާ ގުޅޭ މަޢުލޫމަތުތައް ފެންނަން އެބަހުއްޓެވެ.

މި ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ ޢިލްމީ ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ނިޒާމުގައި ހުރި މައްސަލަތަކަށް ޙައްލުތައް ހޯދުންކަމަށް ޕީޖީ އޮފީހުން ވިދާޅުވިއެވެ. އަދި މި ދާއިރާގައި ޙިއްސާވާ އެކި އިދާރާތައް ގުޅިގެން މަސައްކަތް ކުރުމުގައި ހުރި ހިރާސްތައް މިހާރަށްވުރަށްވުރެ ކުޑަކުރެވޭނެގޮތްތައް ހޯދާ، އެކަންކަމަށް ހެޔޮ ބަދަލުތަކެއް ގެނައުމަކީވެސް މި ކޮންފަރެންސްގެ ބޭނުމެކެވެ.

މި ކޮންފަރެންސްގައި، މި ދާއިރާއިން 8 ދިރާސީ ކަރުދާސް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި ކަމާ ގުޅުހުންރި އިދާރާތަކާއި ކޮލެޖު، ޔުނިވަރސިޓީއިން ހުށައަޅާ ޕޭޕަރުތައް ހިމެނެއެވެ. 2 ކީނޯޓް ސްޕީކަރުންވެސް ބައިވެރިވާނެއެވެ.

ކޮންފަރެންސްގައި ޕީޖީ އޮފީސް، ޔުނިސެފް، ފުލުހުންގެ ޚިދުމަތް، އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާ ކޮލެޖުތައް އަދި ކަމާގުޅުންހުރި އިދާރާތައް ހިމެނޭހެން ޓެކްނިކަލް ޕަރޓިސިޕަންޓުންގެ ގޮތުގައި 16 އިދާރާއަކުން ބައިވެރިވެރިވެއެވެ. އަދި އޮބްޒާވަރުންގެ ގޮތުގައި 11 އިދާރާއެއް ބައިވެރިވއެވެ. މި ކޮންފަރެންސްގައި މަޝްވަރާއާއި މަޢުލޫމާތު ޙިއްސާކުރުން އަދި ޕެނަލް ޑިސްކަޝަންތައްވެސް ކުރިއަށްދާނެއެވެ.