ޚަބަރު

44 ޓީމާއެކު 12 އަހަރުން ދަށުގެ އެކެޑަމީ ޗެމްޕިއަންޝިޕް ފަށައިފި


މޯލްޑިވްސް ސޮކަރ ވެޓެރަންސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ 12 އަހަރުން ދަށުގެ މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕް ފަށައިފިއެވެ.

މިއަދުން ފެށިގެން މިމަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާ މި މުބާރާތުގެ ކުޅުން ކުރިޔަށްދާނީ ހެންވޭރު ދަނޑުގައެވެ.

ޖުމްލަ 26 އެކަޑަމީއަކުން 44 ޓީމު ވާދަކުރާ މި މުބާރާތުގައި 222 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު މިއަދު ކުރިޔަށް ދިޔައީ ގުރޫޕް ސްޓޭޖްގެ މެޗުތަކެވެ.

2 ވަނަ ބުރާއި ގަދަ ސޯޅަ އަދި ކުއާޓާރ ފައިނަލާއި ސެމީ ފައިނަލްގެ އިތުރުން ފައިނަލް ކުޅޭ ގޮތަށް ބާއްވާ މި މުބާރާތަކީ ކާނިވަލެއް ގޮތަށް ކުރިޔަށް ގެންދާ މުބާރާތެވެ.

ވީހާވެސް ގިނަ ކުދިންނަށް މެޗުތައް ކުޅުމުގެ ފުރުސަތުދީގެން ކާނިވަލެއް ގޮތަށް ކުރިޔަށް ގެންދާ މި މުބާރާތުގައި ކޮންމެ ޓީމަކަށްވެސް މަދުވެގެން 3 ނުވަތަ 6 މެޗު ކުޅުމަށް ފުރުސަތު ލިބޭނެއެވެ. މިއީ އެކަޑަމީ ޗެމްޕިއަންޝިޕްގެ ނަމުގައި މިމުބާރާތް ބާއްވާ ހަތަރުވަނަ އަހަރެވެ.