 
										
			އަޑިއަށްދިޔަ ލޯންޗެއްގައި ތިބި 4 މީހަކު ފަޅުރަށެއްގައި ތިއްބާ ފުލުހުންގެ މަސައްކަތުންސަލާމަތްކޮށްފިއެވެ.
 
މިހާދިސާގައިލޯންޗުގައި ތިބި 4 މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައިވާކަމަށް ފުލުހުންމަޢުލޫމާތުދެއްވައެވެ. އަދި އެ ލޯންޗުގައި ތިބި މީހުންގެ ތެރެއިން ފަޅުވެރިންގެގޮތުގައި ހަރަކާތްތެރިވި ދިވެއްސަކާއި ބަނގްލަދޭޝްގެ ރައްޔިތަކަށް މ. މުލިރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
 
މި މީހުންސަލާމަތްކޮށްފައިވަނީ މ. ކެކުރާޅުވެލި ކިޔާ ފަޅުރަށެއް ކައިރީ މަސްބާނަން އޮތްލޯންޗެއް އަޑިއަށް ގޮސްފައިވާކަމުގެ މަޢުލޫމާތު މިއަދު މެންދުރުފަހު 13:30 އެހާއިރުފުލުހުންނަށް ލިބުމާގުޅިގެން މ. ކޮޅުފުށި ޕޮލިސް ސްޓޭޝަނުން ކުރެއްވިމަސައްކަތުންނެވެ. މި މީހުން ފެނިފައިވަނި އެ ހާދިސާ ހިނގިކަމަށް މަޢުލޫމާތުލިބުނު ސަރަހައްދަށް ފުލުހުން ގޮސް ބަލަމުންދަނިކޮށް، ކެކުރާޅުވެލި ކިޔާފަޅުރަށުގައި ތިއްބައިކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.
 
މިހާތަނަށްބެލިބެލުމުން އެނގިފައިވާގޮތުގައި އެ ލޯންޗު އަޑިއަށްދާން މެދުވެރިވީ ލޯންޗަށްޖެހި ރާޅަކާއެކު މ. ކެކުރާޅުވެލި ފުއްޓަރު ފަރާތު ފަރުމައްޗަށް ލައްވުމާ ގުޅިގެންކަމަށްވެސްފުލުހުން މަޢުލޫމާތުދެއްވައެވެ.
 
މިހާދިސާގައިއަޑިއަށް ގޮސްފައިވަނީ “މާކެޔޮޅު” ނަމަކަށް ކިޔާ ލޯންޗެކެވެ.