ޚަބަރު

ގައުފު ބަލިކޮށް ސަބަލެންކާ ޗެމްޕިއަންކަން ހޯދައިފި


ސްޕެއިންގައި މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތް އެރީނާ ސަބަލެންކާ ކާމިޔާބުކޮށްފި އެވެ.

ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ މަގާމުގައި ހުރި ބެލަރޫސް އަށް އުފަން ސަބަލެންކާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޔޫއެސް އޯޕަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކޮކޯ ގައުފު އާޢި ދެކޮޅަށް ކުޅުނު މެޗު ހައެއް ތިނެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ތިންވަނަ ފަހަރަށް މެޑްރިޑް އޯޕަން ޓެނިސް މުބާރާތް ސަބަލެންކާ ކާމިޔާބުކޮށްފައިވާއިރު އޭނާ ވަނީ ދެވަނައަށް މި މުބާރާތް އެންމެ ގިނައިން ކާމިޔާބުކުރި ކުޅުންތެރިޔާއަށް ވެފައެވެ.

ސަބަލެންކާ ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު މި އަހަރުގެ ތެރޭގައި ތިން މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފަ އެވެ.