 
										
			ޗާންދަނީ މަގާއި ލިލީމަގު ގުޅޭ ކަންމަތީގައި ޕާކެއް ހެއްދެވުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ފަށްޓަވައިފިއެވެ.
 
މި ޕާކު ހައްދަވަނީ، ޤައުމީ ދާރުލްއާސާރުގެ ދުވާރު ހިމެނޭ ސަރަޙައްދު ފުޅާކޮށްގެންނެވެ.
 
 tw:https://twitter.com/MMuizzu/status/755005952693182464 
 
ހައުސިންގ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ޕާކު ހެއްދެވުމުގެ ބޭނުމަކީ އެ ސަރަޙައްދުގައި، ބެލެނިވެރިންނާއި ކުޑަކުދިންނަށް ހިތްފަސޭހަކޮށްލަން މަޑުކޮށްލެވޭނެ މަގުފަހި ކުރެއްވުމުގެ ގޮތުން ކަމަށެވެ.
 
މި ޕާކު ހައްދަވާ ސަރަޙައްދަކީ ގިނަ އަދަދެއްގެ ކުދިން ކިޔަވަމުންދާ އަރަބިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލް އަދި ސީއެޗްއެސްސީ ހިމެނޭ ސަރަޙައްދެވެ.
 
މީގެ އިތުރުން، ކާނިވާ ސަރަހައްދުގައި ކުޑަކުދިންގެ ޕާކެއް ހެއްދެވުމުގެ މަސައްކަތް ފަށްޓަވާފައިވާކަމަށްވެސް ހައުސިންގ މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
 
 tw:https://twitter.com/MMuizzu/status/755049402461368320 
 
ހައުސިންގ މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނި މި ޕާކު ހައްދަވަނީ އައިލެންޑް އޭވިއޭޝަންގެ އާންމު ޢިޖްތިމާއީ ޒިންމާގެދަށުން ކަމަށެވެ.
 
މާލޭގައި ހިތްފަސޭހަ މައިޒާންތަކާއި ޢާންމުންނަށް ހިންހަމަޖައްސާލަން މަޑުކޮށްލެވޭނެ ހިތްފަސޭހަ ތަންތަން ހެއްދެވުމަށް ސަރުކާރުން ބޮޑު އިސްކަމެއް ދެއްވާފައިވާކަން ފާހަގަކޮށްލެވެއެވެ.