ދުނިޔެ ދެކެމުންދާ ކުރިއެރުމާއި، ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
ދުވަހުގެ ތަހުނިޔާ ހުރިހާ މައިންނަށް އަރިަސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަންމައިންގެ ދުވަސް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބިކަމަށެވެ. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާއެކުކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަންމައިންގެ ދުވަސް އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އެންމެ އަގުހުރި ޤުރުބާނީ، މައިވަންތަކަމުގެ ލޯބި. ދުނިޔެ ދެކެމުންދާ ކުރިއެރުމާއި ކާމިޔާބީގެ ފަހަތުގައި ތިބި ހަގީގީ ބަޠަލުންނަކީ މަންމައިން.
— Dr Mohamed Muizzu (@MMuizzu) May 11, 2025
މި އުފާވެރި ދުވަހުގެ ތަހުނިޔާ މަންމައިންނަށް ފޮނުވަނީ ހެޔޮ ދުޢާތަކާ އެކު. pic.twitter.com/QcmLtn8opp
ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަންމައިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރަނީ މައިވަންތަ ލޯތްބާއި މައިވަންތަ ގުޅުންތަކާއެކު ހަރުދަނާ ދަރިންތަކެއް ބިނާކޮށް، ޤައުމުގެ ކުރިއެރުމުގައި މަންމައިންގެ ކުރާ އަގުހުރި ދައުރު ފާހަގަކޮށް، އެކަމުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އަދުގެ ދިވެހި މުޖުތަމަޢުގައި އެންމެ ދަތި ޙާލު ތަހައްމަލުކުރަމުންދާ އެއް ބަޔަކީ އެކަނިވެރި މައިންނެވެ. އެ މީހުންނަށް ދިމާވާ ތަކުލީފުތަކަށް ތަސައްލީއެއް ހޯއްދަވާދެއްވުމަށް އެ ފަރާތްތަކަށް ސަރުކާރުން ދޭ އިނާޔަތް ބޮޑު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.