ޚަބަރު

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އިހުސާސަކީ މަންމަގެ ފިރުމާލުމާއި ބޮސްދިނުން: މެޑަމް ސާޖިދާ


  • މިއަދަކީ ބައިނަލްއަޤްވާމީ މަންމައިންގެ ދުވަސް

ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އިހްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ދަރިއަކަށް ކުރެވޭނެ އެންމެ ތެދުވެރި، އެންމެ އޯގާތެރި، އެންމެ ލޯބި، އެންމެ ސާފު، ހިތްގައިމު، އެންމެ ޗާލު އިޙްސާސަކީ މަންމަގެ ފިރުމައިލުމާއި ބޮސްދިނުންކަމަށެވެ.

އެ އަގުހުރި ގުރުބާނީއަށް އެންމެ މަތިވެރި ދަރުމައާއި ސަވާބަށް އެދި ދުޢާކުރަމުން، މަންމައިންނަށް އެކަމަނާ ވަނީ މިދުވަހުގެ މަރްޙަބާއާއި ޝުކުރު ދަންނަވާފައެވެ.

ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ މަންމައިންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. މިފަދަ ދުވަހެއް ފާހަގަކުރުމަކީ ދަރިން ތަރުބިއްޔަތުކުރުމުގައި މަންމައިން އުފުލާއި ބުރައާއި ގުރުބާނީގެ އަގުވަޒަންކުރުމެވެ.