ޚަބަރު

ނާއިބް ރައީސަށް ރުހުން ދެއްވުމަށް މަޖިލީހުން ފާސްކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ރުހުންދެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ނައިބްރައީސަށް ރުހުން ދެއްވުމަށް ފެނިވަޑައިގަންނަވާކަމަށް 51 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ. އަދި ރުހުން ދެއްވަން ފެނިވަޑައިނުގަންނަވާކަމަށް 12 މެމްބަރުން ވޯޓް ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބްކަމުގެ މަޤާމަށް އަބްދުﷲ ޖިހާދު އައްޔަންކުރައްވާފައިވަނީ މިދިޔަ ޖޫންމަހުގެ 22 ވަނަ ދުވަހުގައެވެ. އަބްދުﷲ ޖިހާދު ނާއިބްރައީސްގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ މާލީ ވަޒީރުކަމުގެ މަޤާމުގައެވެ.