 
										 
										 
										
			ވިލިމާލެ ކުނި ކޮށި ސަރަހައްދުން ދަތުރުކޮށްފައި ދިޔަ ވޭނެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފިއެވެ.
 
 img:http://s2.psmnews.mv/images/660x400/14690121847097.jpg|ވޭން ގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑިއެފް 
 
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. ނަމަވެސް މިހާދިސާގައި އަލިފާންރޯވި ވޭނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.
 
 img:http://s4.psmnews.mv/images/660x400/14690121427734.jpg|ވޭން ގައި ރޯވި އަލިފާން ނިއްވުމަށް އެމްއެންޑީއެފުން ހަރަކާތްތެރިވަނީ- ފޮޓޯ: އެމްއެންޑިއެފް 
 
މިއަދު މެންދުރު ހިނގި މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައިވަނީ މެންދުރު 13:10 އެހާއިރު ކަމަށާއި، އެމްއެންޑީއެފް ވިލިމާލެ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން ވޭންގައި ރޯވެފައިވާ އަލިފާން ނިއްވާލެވުނީ 13:20 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.