މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ކުރައްވާފައިވަނީ ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާ ދެމެދުގައެވެ.
މި ބައްދަލުވުމުގައި އަންހެނުންގެ ހައްޤުތަކާއި، ކުޑަކުދީންގެ ހައްޤުތަކާއި، ނަފްސާނީ ދުޅަހެޔޮކަމާއި، އާއިލާ ރޭވުންފަދަ މުހިންމު ދާއިރާތަކުގައި އަޑުއުފުލައި، ހަރަކާތްތެރިވާ އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކަށް ސަރުކާރުން ދޭ އެހީތެރިކަމާއި އެއްބާރުލުން އިތުރު ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
މުހިންމު ދާއިރާތަކުގައި އަޑުއުފުލާ، ޖަމްޢިއްޔާތަކަށް ދޭ އެހީތެރިން އިތުރު ކުރަން މަޝްވަރާކުރައްވާފައިވާއިރު މަދަނީ ޖަމްޢިއްޔާތަކުން ހިންގާ މުޖުތަމަޢު ބާރުވެރިކުރުމުގެ މަޝްރޫޢުތަކާއި، ހަރަކާތްތަކަށް ފައިސާގެ އެހީ ދިނުމަށް ނިންމައި އެކަން މިއަހަރުގެ މެއި މަހުގެ ތެރޭގައިވަނީ އިއުލާނުކޮށްފައެވެ. މި ފިޔަވަހީގައި އެހީ ދިނުމަށް ހަމަޖެހިފައިވަނީ ކުދި، މެދު އަދި ބޮޑެތި މަޝްރޫޢުތަކާއި ހަރަކާތްތައް ހިންގުމަށެވެ.
މަދަނީ ޖަމްޢިއްޔާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގްސަދަކީ މުޖުތަމަޢު ބާރުވެރިކުރުމަށް މަދަނީ ޖަމްޢިއްޔާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުމާއެކު ގައުމީ ތަރައްގީގައި މަދަނީ ޖަމްޢިއްޔާތަކުގެ ދައުރު ފުޅާ ކުރުމެވެ.