އަޟްހާ ޢީދުގެ މުނާސަބަތުގައި ދައުލަތުގެ އިސް ބޭފުޅުންނާއި ސިޔާސީ ބޭފުޅުން ދިވެހި ރައްޔިތުންނަށް ތަހުނިޔާ ފޮނުއްވައިފިއެވެ.
އަޟްހާ ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ ވަޒީރުން ހިމެނިވަޑައިގަންނަވައެވެ.
ނައިބު ރައީސް އަލްއުސްތާޛު ހުސައިން މުޙައްމަދު ލަތީފު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށް ދަންނަވާކަމަށެވެ.
ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އިޚްލާޞްތެރި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހިރައްޔިތުންނަށް ދަންނަވަން. عيد مبارك! pic.twitter.com/IncqFoLYLx
— Hussain Mohamed Latheef (@HucenSembe) June 5, 2025
ނައިބު ރައީސްގެ އިތުރުން ވަޒީރުންވެސް ވަނީ އީދުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ވަޒީރުންގެ ތަހުނިޔާގެ މެސެޖުގައިވެސް އުފާވެރި އަޟްހާ ޢީދުގެ ހެޔޮއެދުންތައް އެންމެހައި ލޮބުވެތި މުސްލިމް އަޙުންނާއި އުހުތުންނަށް ވަނީ އަރިސްކުރައްވާފައެެވެ. އަދި މި ބަރަކާތްތެރި ޢީދަކީ އަޅުގަނޑުމެން އެންމެން އެކުވެރިކަމާއިއެކު ޢާއިލީ އަދި އިޖްތިމާއީ ރޫޙު އާލާކޮށް ގުޅުން ބަދަހިކުރަން ލިބޭ ފުރުޞަތެއްކަމުގައި ލެއްވުން އެދޭކަމަށް ވަޒީރުން ވަނީ ވިދާޅުވެފައެވެ.
އުފާވެރި އަޟްޙާ ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އެންމެހާ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް އަރިސް ކުރަން.
— Mohamed Ameen (@ameen3d) June 5, 2025
މި ބަރަކާތްތެރި ޢީދަކީ އަޅުގަނޑުމެން އެންމެން އެކުވެރިކަމާއިއެކު ޢާއިލީ އަދި އިޖްތިމާޢީ ރޫޙު އާލާކޮށް ގުޅުން ބަދަހި ކުރަން ލިބޭ ފުރުޞަތެއް ކަމުގައި ލައްވާށި.… pic.twitter.com/ltAtTjzLFS
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވެސް ވަނީ ޢީދުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވާފައެވެ، އެމަނިކުފާނު ވިދާޅުވީ 1446 ވަނަ އަހަރުގެ އަޟްހާ ޢީދުގެ ހެޔޮ އެދުންތައް ދުވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރާކަމަށެވެ. އަދި މި މަތިވެރި ޢީދުގައި ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހައި މުސްލިމުންނަށް ކީރިތި ﷲ ހެޔޮގޮތް މިންވަރުކުރައްވައި އަމާންކަން މިންވަރުކުރެއްވުމަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ.
އަޟްޙާ ޢީދުގެ ތަހުނިޔާ
— Abdul Raheem Abdulla (@Banafsaa) June 5, 2025
1446 ވަނަ އަހަރުގެ އަޟްޙާ ޢީދުގެ ހެޔޮ އެދުންތައް ދިވެހި ލޮބުވެތި އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރަން.
މި މަތިވެރި ޢީދުގައި ރާއްޖެއާއި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ މުސްލިމުނަށް ކީރިތި ﷲ ހެޔޮގޮތް މިންވަރުކުރައްވާ އަމާން ކަން…
ކުރީގެ ބައެއް ރައީސުންވެސް ވަނީ ޢީދުގެ ތަހުނިޔާ ފޮނުވާފައެވެ. އެގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ތަހުނިޔާ ފޮނުއްވާފައެެވެ.
Hithaa hithuge gulhumaa ekuvaa qurubaanee alhuthakunge hiy machchah genesdhey, ufaaveri Bodu Eid ge heyo edhumaai thahniyaa, aanmukoh islaamee unmathah, khaassakoh lobuvethi dhivehi rayyithunah ariskuran!
— Mohamed Nasheed (@MohamedNasheed) June 5, 2025
އީދުގެ މުނާސަބަތުގައި ސިޔާސީ ވެރިން ތަހުނިޔާ ފޮނުއްވަމުންދާއިރު، އާއްމު ފަރުދުންވެސް ގެންދަނީ ސޯޝަލް މީޑިއާގައި ތަހުނިޔާގެ މެސެޖުތައް ހިއްސާކުރަމުންނެވެ.