ޚަބަރު

ސަބަލެންކާ ބަލިކޮށް ގޯފް ޗެމްޕިއަންކަން ހޯދައިފި


ފްރާންސްގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން އެމެރިކާގެ ކޮކޯ ގޯފް ހޯދައިފިއެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑު ކޮށްފައިވާ ގޯފް ޗެމްޕިއަންކަން ހޯދާފައިވަނީ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާގެ ބެލަރޫސްގެ އެރީނާ ސަބަލެންކާ ބަލިކުރުމަށްފަހުގަ އެވެ. މި މެޗު ގޯފް ކާމިޔާބުކޮށްފައިވަނީ ހައެއް ހަތެއް, ހައެއް ދޭއް އަދި ހައެއް ހަތަރެއްގެ ނަތީޖާއަކުންނެވެ.

އުމުރުން 21 އަހަރުގެ ގޯފް މި މެޗު ކާމިޔާބު ކުރުމަށް ދެގަޑި އިރާއި ތިރީސް އަށް މިނިޓު ހޭދަކޮށްފައިވާއިރު މިއީ 2015 ވަނަ އަހަރަށްފަހު ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން އިވެންޓުގެ ޗެމްޕިއަންކަން އެމެރިކާގެ ކުޅުންތެރިއަކު ހޯދި ފުރަތަމަ ފަހަރެވެ.

މި މެޗަށްފަހު ވާހަކަ ދައްކަމުން ގޯފް ބުނެފައިވަނީ މި މެޗުން އޭނާއަށް މޮޅުވެވޭވެނެކަމަށް ކުރިން އުންމީދު ނުކުރާ ކަމަށާއި ނަމަވެސް މި ކާމިޔާބީ ލިބުމުން ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ.

"އަހަރެން އެއް ގޮތަކަށްވެސް އުންމީދެއް ނުކުރަން މި މެޗުން މޮޅުވެވޭނެ ކަމަށް. މި ކާމިޔާބީ އަކީ ހުއްޓުމެއް ނެތި ސަޕޯޓަރުން ދިން ހިތްވަރުން ލިބުނު ކާމިޔާބީއެއް" ގޯފް ބުންޏެވެ.

މިއީ ޒުވާން ޓެނިސް ކުޅުންތެރިޔާ ކާމިޔާބުކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ.