ފްރާންސްގައި ކުރިއަށްދިޔަ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ތަށި ސްޕެއިންގެ ކާލޯސް އަލްކަރޭޒް ދިފާއުކޮށްފި އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އަލްކަރޭޒް މި އަހަރުގެ މުބާރާތް ކާމިޔާބުކޮށް މުބާރާތުގެ ތަށި ދިފާއުކޮށްފައިވަނީ ދުނިޔޭގެ އެއްވަނަ ޓެނިސް ކުޅުންތެރިޔާ އިޓަލީގެ ޔަނިކް ސިނާ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހުގަ އެވެ.
ފައިނަލް މެޗުގެ ފުރަތަމަ ދެ ސެޓު ހަތަރެއް ހައެއް އަދި ހައެއް ހަތެއްގެ ނަތީޖާއަކުން ސިނާ ކާމިޔާބުކުރި ނަމަވެސް ދެން ކުޅުން ތިން ސެޓު ހައެއް ހަތަރެއް, ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން އަލްކަރޭޒް ވަނީ ކާމިޔާބުކޮށްފަ އެވެ.
ކްލޭ ކޯޓުގެ ރަސްގެފާނުގެ ގޮތުގައި ކުރިން ބެލެވުނު ސްޕެއިންގެ ރަފައެލް ނަޑާލް އަށްފަހު ފްރެންޗް އޯޕަންގެ އެންމެ ފަހު ދެ މުބާރާތުގައި އަލްކަރޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
އުމުރުން 22 އަހަރުގެ އަލްކަރޭޒް މި މުބާރާތް ކާމިޔާބު ކޮށްފައިވާއިރު މި ދެ ކުޅުންތެރިން ވަނީ އެންމެ ފަހުން ބޭއްވި ގްރޭންޑް ސްލޭމް އަށް މުބާރާތުގެ ތެރެއިން ހަތް މުބާރާތް ކާމިޔާބުކޮށްފަ އެވެ.
ދެ ސެޓުން ބަލިވެފައިވަނިކޮށް ފަހަތުން އަރާ ތިން ސެޓު ކާމިޔާބުކޮށް މިހާތަނަށް އަލްކަރޭޒް އަށް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އަލްކަރޭޒް އާއި ސިނާ މި މުބާރާތުގެ ފައިނަލުގައި ކުޅެފައިވާއިރު މިއީ 2000 ވަނަ އަހަރަށްފަހު އުފަންވި ދެ ކުޅުންތެރިއަކު ބޮޑު މުބާރާތެއްގެ ފައިނަލުގައި ވާދަކުރި މިއީ ފުރަތަމަ ފަހަރެވެ.